web analytics
ޙަބަރު

“ކައްޕިއާ ބިދޭސީއަކާ ދެމެދު ފައިސާގެ މައްސަލައެއް ޖެހުނު”

މިދިޔަ ހޯމަ ދުވަހު ފަރަށްއެރި މުދާ އުފުލާ ދޯނީގެ ކައްޕި، ހދ. ކުޅުދުއްފުށި ސިޓީ ހަވީރީ ނާޒް، މުހައްމަދު ޔޫސުފް ގެއްލުނު ހާދިސާގައި ޝައްކު އުފެދޭ އެތައް ކަމެއް ހިނގިއިރު އޭނާ ކުރިން މަސައްކަތް ކުރި ބޯޓުގައި އުޅުނު ބިދޭސީއަކާ ދެމެދު ފައިސާގެ މައްސަލަތަކެއް ޖެހިފައިވާ ކަމަށް އާއިލާ އިން ބުނެފި އެވެ.

އުމުރުން 37 އަހަރުގެ މުހައްމަދު ގެއްލުނުތާ މިއަދަށް ހަފްތާއެއް ވެއްޖެ އެވެ. ސިފައިންގެ ކޯސްޓްގާޑުން މިހާތަނަށް ކުރި މަސައްކަތުން އޭނާ ފެނިފައި ނުވި ނަމަވެސް ކައްޕި ގެއްލުނު ސަރަހައްދުން ވަޅިއަކާއި ލޭގެ އަސަރު ހުރި ތުވާއްޔަކާއި ފޯނެއް ވަނީ ފެނިފަ އެވެ. އެ ބޯޓުގައި ކައްޕިގެ އިތުރުން ދެ ބިދޭސީއެއް ހުއްޓެވެ. އަދި ކައްޕި ގެއްލުނުކަން އެއް ދުވަސް ފަހުން ކޯސްޓްގާޑަށް ރިފޯޓު ކުރިއިރު ކަގި ފަޅަށް ބޯޓު އުރުނު ގޮތާ ގުޅޭ ގޮތުން ވެސް ވަނީ ސުވާލު އުފެދިފަ އެވެ.

އެ މައްސަލައާ ގުޅިގެން ސުވާދީބުއާ ވާހަކަ ދައްކަމުން މުހައްމަދުގެ އާއިލާ މެންބަރަކު ބުނީ މުހައްމަދާއި ދޯނީގައި މިހާރު މަސައްކަތް ކުރަމުން އަންނަ އެއްވެސް މީހަކާ މައްސަލައެއް ޖެހިފައި އޮތް ކަމެއް އެނގިފައި ނުވާ ކަމަށެވެ. ނަމަވެސް މީގެ ދެ އަހަރު ކުރިން މުހައްމަދު މަސައްކަތް ކުރި ބޯޓުން ބިދޭސީއަކު ފައިސާތަކެއް ވަގަށް ނެގި މައްސަލަ ޖެހުނު ކަމަށާއި އެކަމާ ގުޅިގެން އެ ބިދޭސީ މީހާގެ ފޮޓޯ ފޭސްބުކްގައި އާންމުކޮށް ހޯދަން ވެސް އިއުލާން ކުރި ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް އެ ބިދޭސީ މީހާ ފިލުމަށް ފަހު އޭގެ ފަހުން ފެނިފައި ނުވާ ކަމަށް އާއިލާ އިން ބުންޏެވެ.

“އަޅުގަނޑަކަށް އެނގިފައެއް ނުވޭ މުހައްމަދު މިހާރު އުޅޭ ދޯނީގެ އެއްވެސް މީހަކާ މައްސަލަ ޖެހިގެން އުޅޭ ކަމެއް. އެކަމަކު އޭނާ ކުރިން މަސައްކަތް ކުރި ދޯނީގެ ހުރި ބިދޭސީއަކާއި ފައިސާގެ މައްސަލަތަކެއް ޖެހުނު. ބޭބެ ފޭސްބުކްގަ އިން އޭނަގެ ފޮޓޯވެސް އާންމުކޮށްފަ. އޭރު ފޭސްބުކްގަ ޖަހާފަ އިން އެ ބިދޭސީ މީހާ އެ ދޯނީގެ ކޮއްތު ފައިސާ ވަގަށް ނެގިި ކަމަށް. އެކަމަކު އޭނަ މި ދޯނީގަ އުޅޭ ކަމެއްވެސް އަދި އޭނަޔާ ގުޅުން ހުރި މީހަކު މި ދޯނީގަ އުޅޭ ކަމެއްވެސް އަޅުގަނޑަކަށް ނޭނގެ,” އޭނާ ބުންޏެވެ.

މުހަައްމަދު ގެއްލުނު ސަރަހައްދަށް ފީނައިގެން ކޯސްޓްގާޑުން ހޯދާފައި ވަނީ މުހައްމަދުގެ ތުވާއްޔެއް ކަމަށް ވަރަށް ބޮޑަށް ބެލެވޭ ކަމަށް އާއިލާ އިން ބުންޏެވެ. އެކަން ފުލުހުންގެ ސަމާލުކަމަށް ވެސް ގެނެސްފައިވާ ކަމަށާއި ނަމަވެސް ފެނިފައި ވަނީ ސީދާ މުހައްމަދުގެ ފޯނެއް ކަމެއް ޔަގީނެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

“ބޭބެ ގެއްލުނުކަން ވެސް މީހެއްގެ ފަރާތުން މި އެނގުނީ. ދެން ބޭބެގެ ފޯނަށް ގުޅީމަ ނަގަނީ ބޭރު މީހެއް. އޭނަ ބުނީ ބޭބެ ގެއްލުނީއޭ. އެންމެ ފަހުން ބޭބެ ފެނުނީ ފަސް ވަނަ ދުވަހުގެ ރޭގަނޑު 1:00 ހާއިރު ކަމަށް މި ބޭރު މީހާ ބުނި،” އާއިލާ އިން ބުންޏެވެ.

މުހައްމަދު ގެއްލިގެން ހޯދުމުގެ މަސައްކަތް އަދިވެސް ކުރަމުންދާއިރު އޭނާ ގަދަވެ ސަލާމަތުން ހުއްޓާ ފެންނާނެ ކަމަށް އުންމީދު ކުރާ ކަމަށް އާއިލާ އިން ބުންޏެވެ. ކައިވެންޏެއް ކޮށްފައި ނުވާ މުހައްމަދަކީ އެއްވެސް މީހަކާ ރުޅިވެރިކަމެއް ބާއްވައިގެން އުޅޭ މީހެއް ނޫން ކަމަށް ވެސް އާއިލާއިން ބުންޏެވެ.

ފުލުހުން ހިމޭނުން!

މުހައްމަދު ގެއްލުނު ހާދިސާއަށް ހަފްތާއެއްވެފައިވާއިރު އެ މައްސަލައާ ގުޅޭ ގޮތުން ފުލުހުން މާ ގިނަ މައުލޫމާތެއް ހިއްސާއެއް ނުކުރެ އެވެ. އެގޮތުން ލޭގެ އަސަރު ފެނުމާއި ދެ ބިދޭސީންނަށް ޝައްކުތަކެއް ހުރުމުން އެ މީހުން ހައްޔަރުކޮށްފައިވޭތޯ ސުވާލު ކުރުމުން، ތަހުގީގު ކުރިޔަށް ދާތީ އިތުރު މައުލޫމާތެއް ދެވެން ނެތް ކަަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

އާއިލާއިން ބުނީ މުހައްމަދު ގެއްލުނު ހާދިސާގައި ޝައްކުވާ އިތުރު ކަންކަން ވެސް ހުރި ކަމަށެވެ. އެގޮތުން އެ ދޯނީގައި އިތުރު ދިވެއްސަކު ހުރި ކަމަށް ދޯނީގެ ވެރިފަރާތުން މައުލޫމާތު ދީފައިވާ ކަމަށެވެ. ނަމަވެސް ދޯނީގައި ތިބީ ތިން މީހުން ތިބި ކަމަށް ސަލާމަތީ ބާރުތަކުން ބުނާތީ މައްސަލަ ރަނގަޅަށް ސާފު ނުވާ ކަމަށް އާއިލާ އިން ބުންނެވެ.

އެކަމާ ގުޅޭ ގޮތުން އަވަސް އިން އެ ދޯނި ނިސްބަތްވާ ކުންފުނި “ޓީޓީއެސް”އަށް ގުޅުމުން ބުނީ އެއްވެސް މައުލޫމާތެއް ހިއްސާ ނުކުރަން ފުލުހުން އެދިފައިވާ ކަމަށާއި ދޯނީގައި ތިބި މީހުންގެ އަދަދާ ގުޅޭ ގޮތުން ވެސް އެއްޗެއް ބުނެވޭކަށް ނެތް ކަމަށެވެ.

“އަޅުގަނޑުމެންގެ ދޯންޏެއްގެ ކައްޕި ގެއްލުނު މައްސަލަ ފުލުހުން ވަރަށް ބާރަށް ތަހްގީގު ކުރޭ އެބަ. އެހެންވެ ފުލުހުން ބުނީ އެ މައްސަލައިގެ އެއްވެސް ވާހަކައެއް އެއްވެސް ފަރާތަކާ ހިއްސާ ނުކުރަން. ދެން އާއިލާއިން އެ ދައްކަނީ ކޮންވާހަކަތަކެއް ކަމެއް ނޭނގޭ. ދޯނި ފަރަށް އެރި އިރު ތިބީ ކިތަށް މީހުން ކަމެއްވެސް އަދި ދޯނީގަ ތިބެނީ ކިތަށް ފަޅުވެރިން ކަމެއްވެސް ނެތް ބުނެވޭކަށް,” ޓީޓީއެސް ކުންފުނިން ވާހަކަ ދެއްކި މީހަކު ބުންޏެވެ.

މިމަހުގެ ހަ ވަނަ ދުވަހުން ފެށިގެން ވީނުވީ އެއް ނޭނގި ގެއްލިގެން ހޯދަމުންދާ މުހައްމަދަކީ އާއިލާގަ ހުރި ހަމަ އެކަނި ފިރިހެން މީހާ އެވެ. އަދި އެއްބަނޑު އެއްބަފާ ތިން މީހުންގެ ތެރެއިން އެންމެ ދޮށީ ވެސް މީހާއެވެ. މުހައްމަދަށް ވީ ގޮތް ވީހާވެސް އަވަހަަކަށް ހޯދާ ފުރިހަމަ ތަހްގީގެއް ހިންގަން އާއިލާއިން ވަނީ ފުލުހުންގެ ކިބައިން އެދިފަ އެވެ.

Facebook Comments

އާޓިކަލް ވީހާވެސް ގިނަ ބޭފުޅުން ޝެއަރ ކޮއްފަ ޑީޕީގެ ފޭސް ބުކު ޕޭޖައް ލައިކް ކޮއް ދެއްވުން އެދެމެވެ އަދި ވީހާވެސް ގިނަ ބޭފުޅުން ޑީޕީއަށް ލިއެފަ މި އީމެއިލްައަށް info@dhivehipost.com މެއިލް ފޮނުއްވާށެވެ. ތިޔަ ބޭފުޅުންގެ ލިއުންތަކައް ޑީޕީއިން މަރުހަބާ ކިޔަމެވެ.ޚަބަރާއިގުޅޭ އިތުރު ލިޔުންތައް

ބަސް ސްޓޮޕްތަށް އިިތުރުކޮށް މާލެ – ހުޅުމާލޭ ބަހުގެ ހިދުމަތް ހުޅުމާލޭގެ އެތެރޭގެ މަގުތަކަށް މާދަމާ ފަށަނީ

ސުވާދީބު

ކޮމަންވެލްތުގައި ބައިވެރިވާން ނިންމުމުން އިނގިރޭސިވިލާތުގެ ތައުރީފު

ސުވާދީބު

ޖޭޕީއަށް ގޮނޑިތައް ދޫކޮށްލީ، އެމްޑީޕީއަށް މެޖޯރިޓީ ލިބުނަ ނުދިނުމަށް – ޔާމީން

ސުވާދީބު