ޙަބަރު

އަޅުގަނޑު “ހޭވި” ހަޑި އަދިވެސް މިއުޅެނީ ސާފުނުވެގެން: ޔާމީން

ވެރިކަމުގައި ހުންނެވިއިރު ހޭވި ހުރިހާ ހަޑި އަދިވެސް މިއުޅެނީ މިސަރުކާރަށް ސާފު ނުވެގެން ކަމަށް ވިދާޅުވެ ކުރީގެ ރައީސް އަބްދުﷲ ޔާމީން މިއަދުގެ ސަރުކާރަށް ވަށް ބަހުން ޖަހައި ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

ރިޔާސީ ކެމްޕޭނުގައި މިހާރުގެ ސަރުކާރުގެ އިސް ބޭފުޅުން ވިދާޅުވި ބަސްތަކަށް ރައްދު ދެއްވަމުން ޔާމީން ވިދާޅުވީ އެމަނިކުފާނު ހޭވި ހަޑި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާއި، ރާއްޖޭގެ ސިއްހީ ދާއިރާއާއި ރަށްތަކުން ވަރަށް ރަނގަޅަށް ފެންނާނެ ކަމަށެވެ. އެއީ ތަރައްގީގެ މަޝްރޫއުތައް ކަމަށާއި މިސަރުކާރަށް ކުރެވޭ ހަމައެކަނި ކަމަކީ ވައުދުވުމާއި ވައުދު ފުނި ޖެއްސުން ކަމަށް ޔާމީން ވިދާޅުވިއެވެ.

ރައީސް އަށް ބަދު ބަހެއް ވިދާޅުވާން މިރޭ ގަސްތު ނުކުރައްވާ ކަމަށް ވިދާޅުވެ ޔާމީން ވަނީ މިސަރުކާރުން ވެރިކަމަށް އައީ ވަރަށް ގިނަ ވައުދުތަކެއް ވެގެން ކަމަށާއި އަހަރެއް ވެގެންދާއިރު ވީއެއްވެސް ކަމެއް ނެތް ކަމަށް ވިދާޅުވެފައެވެ. މަސްވެރިން ބާނާ މަސްކޮޅު ނުކިރޭ ކަމަށާއި ކަރަންޓު ޔަގީންކަން ހޯދަދޭން އައި ސަރުކާރަށް 8 ގަޑިއިރުވާއިރު ވެސް ކަރަންޓު ކެނޑުމަށް ފަހު ކަރަންޓު ނުދެވޭ ކަމަށް ޔާމީން ވިދާޅުވިއެވެ.

ދީނީ އިލްމުވެރިންނަށް އަމާޒުކޮށް ގާނޫނު ހަދަމުންދާއިރު މަސައްކަތް ކުރަނީ ރައްޔިތުންނަށް ލިބިފައިވާ ހައްގުތައް ނިގުޅައި ގަތުމަށާއި ރާއްޖޭގައި ތިބި ހުރިހާ އެންމެން ކުށްވެރިންނަށް ހެދުން ކަމަށް ޔާމީން ވިދާޅުވިއެވެ. އަދި އެކަމާ ދެކޮޅަށް ގާނޫނީ މާހިރުން ދެކޮޅު ނަހަދާތީ އެކަމާވެސް ޔާމީން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

“ތަރައްގީގެ މަޝްރޫއުތައް އަބަދުވެސް “އަންނަނީ” ކަމަށް ސަރުކާރުން ބުނާއިރު ރައްޔިތުންނަށް އަންނަނީ ހިނި. ރައްޔިތުންނަށް ކަމެއް ކޮށްދޭން ވީމަ ބުނަނީ ކުރީ ސަރުކާރުން ކޮށްފައިވާ ކަންތައްތަކުގެ ސަބަބުން ނުވަނީ ކަމަށް” ރައީސް ޔާމީން ވިދާޅުވިއެވެ.

Facebook Comments

އާޓިކަލް ވީހާވެސް ގިނަ ބޭފުޅުން ޝެއަރ ކޮއްފަ ޑީޕީގެ ފޭސް ބުކު ޕޭޖައް ލައިކް ކޮއް ދެއްވުން އެދެމެވެ އަދި ވީހާވެސް ގިނަ ބޭފުޅުން ޑީޕީއަށް ލިއެފަ މި އީމެއިލްައަށް info@dhivehipost.com މެއިލް ފޮނުއްވާށެވެ. ތިޔަ ބޭފުޅުންގެ ލިއުންތަކައް ޑީޕީއިން މަރުހަބާ ކިޔަމެވެ.



ޚަބަރާއިގުޅޭ އިތުރު ލިޔުންތައް

ސަން ޓްރެވެލް ސިޔާމް، މޮރޮކޯ ބޭކަނބަލަކާ ކައިވެނި ބައްލަވައިގެންފި

ސުވާދީބު

ޗެނަލް13 އިން ގެނެސްދިން ހަބަރު ކ. އަތޮޅު ތައުލީމީ މަރުކަޒުން ދޮގުކޮށްފި

ސުވާދީބު

11 އެމްބިއުލާންސާއި 61 ރަށެއްގެ ޖިމް ސާމާނު ގަތުމަށް އިންޑިއާ އިން އެހީ ދީފި

ސުވާދީބު