ޙަބަރު

އިތުރު 9،200 ހައުސިން ޔުނިޓްގެ މަސައްކަތް ނޮވެމްބަރު މަހު ފަށަނީ

މާލެ އާއި އަތޮޅުތަކުގައި އިތުރު 9،200 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް އަންނަ ނޮވެމްބަރު މަހު ފެށުމަށް ސަރުކާރުން ނިންމަފައި އެވެ.ދިޔަ ބުރާސްފަތި ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވީ ސޯޝަލް ހައުސިންގެ ގޮތުގައި އަތޮޅުތަކަށް 5000 ހައުސިން ޔުނިޓް އަދި މާލެ ސަރަހައްދުގައި 4200 ހައުސިން ޔުނިޓް އަޅަން ނިންމާފައިވާ ކަމަށެވެ.

ބޯހިޔާވަހިކަމުގެ ދަތިކަން ކުރިމަތިވެފައި ވަނީ ހަމައެކަނި މާލެ އަށް ނޫންކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ މިހާރު ވެސް ރާއްޖޭގެ ބައެއް ރަށްރަށުގައި ހައުސިން މަޝްރޫއުތައް ކުރިއަށް ދާ ކަމަށެވެ. އެގޮތުން، ހދ. ނޮޅިވަރަންފަރާއި ތ. ތިމަރަފުށީގައި މިހާރު ވެސް ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް ފަށައިގެން ކުރިއަށް ދާކަން އެ މަނިކުފާނު ފާހަގަކުރެއްވި އެވެ.

މިހާރު ކުރިއަށް ދާ ހައުސިން ޕްރޮޖެކްޓްތައް:

  • ލ. ފޮނަދޫ: 50 ޔުނިޓް
  • ގއ ވިލިގިލި: 52 ޔުނިޓް
  • ގދ. މަޑަވެލި: 22 ޔުނިޓް
  • ގދ. ހޯޑެއްދޫ: 40 ޔުނިޓް
  • ގދ. ގައްދޫ: 50 ޔުނިޓް
  • ފުވައްމުލައް: 200 ޔުނިޓް
  • ސ. ހުޅުމީދޫގައި 48 ޔުނިޓް
  • ސ. ހިތަދޫ 264 ޔުނިޓް

މީގެ އިތުރުން ވެސް، ރަށްރަށުގައި ހުރި އަމިއްލަ ފަރާތްތަކުގެ ގޯތިތަކުގައި ގެ އެޅުމަށް ފައިސާ ދޫކުރަމުން އަންނަކަން ވެސް ރައީސް ފާހަގަކުރެއްވި އެވެ.

Facebook Comments

އާޓިކަލް ވީހާވެސް ގިނަ ބޭފުޅުން ޝެއަރ ކޮއްފަ ޑީޕީގެ ފޭސް ބުކު ޕޭޖައް ލައިކް ކޮއް ދެއްވުން އެދެމެވެ އަދި ވީހާވެސް ގިނަ ބޭފުޅުން ޑީޕީއަށް ލިއެފަ މި އީމެއިލްައަށް info@dhivehipost.com މެއިލް ފޮނުއްވާށެވެ. ތިޔަ ބޭފުޅުންގެ ލިއުންތަކައް ޑީޕީއިން މަރުހަބާ ކިޔަމެވެ.



ޚަބަރާއިގުޅޭ އިތުރު ލިޔުންތައް

އަދީބުގެ ހުރިހާ މައްސަލައެއް އަނބުރާ ފޮނުވާލަން ކްރިމިނަލް ކޯޓުން ނިންމައިފި

ސުވާދީބު

ތިން ވަޒީރެއްގެ ސުވާލުތަކުގެ ނޯޓިހުގެ މުއްދަތު ހަމަވިއިރު ވެސް އެ މަޖިލީހަށް ވަޑައެއް ނުގެންނެވުނު

ސުވާދީބު

ހުޅުމާލޭ އެމްޕީއެލް ސަރަހައްދުގައި ޓްރަކްޓަރަކާއި ޓްރޯލީއެއް ޖެހި އެކްސިޑެންޓެއް ހިނގައިފި

ސުވާދީބު