ޙަބަރު

މާލޭގައި ބިދޭސީ އަކު 18 ގެސްޓު ހައުސް ހިންގާ ކަމުގެ ތުހުމަތު

ރާއްޖޭގައި ގަވާއިދާއި ހިލާފަށް އުޅޭ ބިދޭސީން އަތުލައި ގަންނަމުންދާ މިދުވަސްކޮޅުގައި މިވަނީ ރާއްޖޭގެ ވެރިކަން ކުރާ މާލޭ ސިޓީގައި ބިދޭސީ އަކު 18 ގެސްޓު ހައުސް ހިންގާ ކަމުގެ ތުހުމަތު ކުރެވެން ފަށާފައެވެ.

އާއްމު ރައްޔިތުން އެމީހުންނަށް ލިބިފައިވާ މައުލޫމާތުގެ އަލީގައި ރާއްޖޭގައި ގަވާއިދާއި ހިލާފަށް އުޅޭ މީހުން ފަޅާ އަރުވާލުމަށް އަންނަނީ އެހީތެރި ވަމުންނެވެ. މިގޮތުން އާއްމު ފަރުދަކު މީސް މީޑިއާގައި މިފަދަ މީހެއްގެ މައުލޫމާތު ހިއްސާ ކުރަމުން ބުނެފައި ވަނީ ފޮޓޯ އިން އެފެންނަ މީހަކީ މާލޭގައި 18 ގެސްޓް ހައުސްއެއް ހިންގާ މީހެއް ކަމަށެވެ.
ޑީޕޯޓް ކޮށްލާފައިވާ ހަނީފް ބިޒްނަޒް ކްލާހުގައި އޭނާގެ އަމިއްލަ ގައުމަށް ދަތުރު ކުރަނީ

“މިއީ ބަންގްލަދޭޝްގެ ރައްޔިތެއް ކަމުގައިވާ ޝޮހާގް. މާލޭގައި 18 ވަރަކަށް ގެސްޓު ހައުސް މީނާ ހިންގާ ކަމުގެ މައުލޫމާތު ލިބޭ. މީގެ ތެރޭގައި މަޝްހޫރު “ޒާ” ގެސްޓްހައުސްވެސް ހިމެނޭ” މީސް މީޑީއާގައި ހިއްސާ ކޮށްފައިވާ ޕޯސްޓުގައި ވެއެވެ.

އެ މީހާ އިތުރަށް ބުނެފައި ވަނީ ކޮންމެ މަހެއްގެ މައްޗައް ޝޮހާގުއަށް މިލިއަނުން ފައިސާ ލިބޭ ކަމަށާއި އަދި މިވަގުތު އޭނާ ހުރީ ޗުއްޓީ ހޭދަ ކުރުމަށް ރާއްޖެ އިން ބޭރަށް ގޮސްފައި ކަމަށެވެ. ދާދި ފަހުން ވަޑި އެއްގެ ގޮތުގައި ރާއްޖެ އައިސް ދިވެހިންގެ ބަޔަކާއި ގުޅިގެން މާލޭގައި ގެސްޓު ހައުސްތަކާއި ފިހާރަތައް ހިންގަމުން ގެންދިޔަ ބިދޭސީ އެއް ކަމުގައިވާ އަބޫ ހަނީފް ނުވަތަ ބިދޭސީންގެ ތެރޭގައި މަޝްހޫރު ވެފައިވާ ގޮތުންނަމަ “މާސްޓާ” އޭނާގެ އަމިއްލަ ގައުމު ބަންގްލަދޭޝް އަށް ޑީޕޯޓް ކޮށްލާފައި ވާއިރު އޭނާ ވަނީ މަނީ ލޯންޑްރިންގެ މަސައްކަތްވެސް ފުޅާ ދާއިރާ އެއްގައި މި ގައުމުގައި ކޮށްފައެވެ.

ހަނީފް މީގެ ކުރިން އޭނާގެ ގައުމަށް ދަތުރު ކުރުމުގެ ކުރިން ވީއައިޕީ ލޯންޖު ތެރޭގައި ނަގާފައިވާ ފޮޓޯއެއް

އިމިގްރޭޝަންގެ ތަފާސް ހިސާބުތަށް ދައްކާ ގޮތުން ވޯކް ވިސާގެ ދަށުން ރާއްޖެ އައިސްފައިވާ 144،607 މީހުންގެ ތެރެއިން 63،000 މީހުންނަކީ ގަވާއިދާއި ހިލާފަށް އުޅޭ މީހުންނެވެ. މި 63،000 މީހުންގެ ތެރޭގައި އެތައް “މާސްޓަރުން” ތަކެއް އުޅޭނެ ކަމަށް ބެލެވޭއިރު، ޝޮހާގް އަކީވެސް މިފަދަ “މާސްޓަރެއްގެ” ތުހުމަތު މިވަނީ ކުރެވިފައެވެ. އޭނާގެ މައްޗައް ކުރެވިފައިވާ ތުހުމަތު ތަކުން މިއީ ހަނީފް މާސްޓަރަށް ވުރެންވެސް ކުރީގައި އުޅޭ މީހެއް ކަމަށް ބެލެވެއެވެ.

Facebook Comments

އާޓިކަލް ވީހާވެސް ގިނަ ބޭފުޅުން ޝެއަރ ކޮއްފަ ޑީޕީގެ ފޭސް ބުކު ޕޭޖައް ލައިކް ކޮއް ދެއްވުން އެދެމެވެ އަދި ވީހާވެސް ގިނަ ބޭފުޅުން ޑީޕީއަށް ލިއެފަ މި އީމެއިލްައަށް info@dhivehipost.com މެއިލް ފޮނުއްވާށެވެ. ތިޔަ ބޭފުޅުންގެ ލިއުންތަކައް ޑީޕީއިން މަރުހަބާ ކިޔަމެވެ.



ޚަބަރާއިގުޅޭ އިތުރު ލިޔުންތައް

ކުޑަ ކުއްޖަކާ ބެހުނު ކަމަށް ބުނާ މީހަކު ހުޅުމާލޭގައި ގަން ހިންގުވައިފި !

ސުވާދީބު

ދިވެހިންނަށް ތިން މަސް ދުވަހުގެ އޮން އެރައިވަލް ވިސާ ދޭން ލަންކާ އިން ނިންމައިފި

ސުވާދީބު

ޔާމީންގެ އެކައުންޓް ފްރީޒްކުރި މައްސަލައިގެ އިސްތިއުނާފް އަޑުއެހުންތައް ނިންމާލައިފި

ސުވާދީބު