web analytics
ްކޮލަމ

ރައީސް ގެ “ޒީރޯ ޓޮލަރެންސްގެ” ދަށުން އެންމެ ފުރަތަމަވެސް ދޫކޮށްލީ ހޯރަ އިއްބެ!

ރައީސް އިބްރާހިމް މުހައްމަދު ސޯލިހަކީ ވަރަށް ގިނަ ކަންކަމުގައި “ޒީރޯ ޓޮލަރެންސް” ގެންގުޅުއްވާ ކަމަށް މަޝްހޫރު ބޭފުޅެކެވެ. ވެރިކަމާއި ހަވާލުވެވަޑައިގެން އެންމެ ގަދަޔަށް ދެއްކެވި ވާހަކަފުޅަކީ ކޮރަޕްޝަނާއި ފަސާދައަށް އެމަނިކުފާނު ދެއްވާނީ ޒީރޯ ޓޮލަރެންސް ކަމުގައި ވިދާޅުވެ ދެއްކެވި ވާހަކަފުޅެވެ.

އެހެން ގޮތަކަށް ބުނާނަމަ، ކޮރަޕްޝަންގެ ކުޑަ މިންވަރެއްވެސް “ޓޮލަރޭޓު” ނުކުރައްވާނެ ވާހަކައެވެ. ނަމަވެސް ދެއްކެވި ވާހަކަފުޅާއި އަމަލާއި ކުޑަކޮށްވެސް ދިމާނުވެއެވެ. އެމްއެމްޕީއާރުސީ ހިޔާނާތާއި ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަންގެ ރިޕޯޓު އާންމު ކުރިއިރު އެ ރިޕޯޓުގައި، ހިޔާނާތުގެ ފައިސާ ލިބުނު ކަމަށް ތުހުމަތު ކުރެވޭ މީހުންގެ ދިގު ލިސްޓެއް އޮތެވެ. އެ ލިސްޓުގައި ގިނައީ އެމްޑީޕީގެ ބޭފުޅުންނެެވެ. ސަރުކާރުގެ އިސްވެރިންނެވެ. މިނިސްޓަރުންވެ. ރައީސް ސޯލިހްގެ ގާތް ބޭފުޅުންނެވެ. އެމްޑީޕީގެ އިސް ސަފުގައި އެ ޕާޓީއަށް ހަރަދު ކުރާ މީހުންނެވެ.

ރިޕޯޓު އާންމުވުމުން، އަދި އާންމުގެ ޕްރެޝަރާއި ހެދި، އެ ރިޕޯޓުގައި ނަން ހިމެނިފައިވާ ބައެއް ސަރުކާރުގެ މަޤާމުތަކުގައި ތިއްބެވި ބޭފުޅުން ދުވަސްކޮޅަކަށް ސަސްޕެންޑު ކުރެއްވިއެވެ. ނަމަވެސް މާ ގިނަ ދުވަހެއް ނުވެ އެ ހުރިހާ ބޭފުޅުންގެ ވަޒީފާވެސް އިއާދަ ކުރައްވައިފިއެވެ. އެ ބޭފުޅުންގެ މައްޗަށް ކުރެވޭ ކޮރަޕްޝަންގެ ތުހުމަތު އަދިވެސް އޮތީއެވެ. އެކައުންޓުތަކަށް ވަން ފައިސާ އަދިވެސް އެގޮތުގައި ހުރީއެވެ. ނަމަވެސް ހަރު އަޑުން ރައީސް މި ވިދާޅުވަނީ ކޮރަޕްޝަނަށް ދެއްވާނީ ޒީރޯ ޓޮލަރެންސް އޭއެވެ. ވެރިކަމަށް އަހަރަކަށްވުރެ ގިނަ ދުވަސް ވީ އިރު ކޮރަޕްޝަންގެ އެތައް މައްސަލައެއް ކުރިމަތިވެއްޖެއެވެ. ސަރުކާރުގެ އިސްވެރިންގެ މަސްލަހަތު އޮންނަ ކުންފުނިތަކަށް ބިލިއަން ރުފިޔާއިން ބަދަލު ދެވިއްޖެއެވެ. މިއިން އެއްވެސް ކަމެއް މިއީ ކޮރަޕްޝަނަކަށް ނުވެއެވެ. ރައީސް ސޯލިހް މިކަންކަމަށް ދެއްވަނީ “ޒީރޯ ޓޮަލަރެންސް” ކަމެއް ނޫނީ “ބްލައިންޑް އައި” ކަމެއް ސާފެއް ނޫނެވެ.

ކޮރަޕްޝަނަށް “ޒީރޯ ޓޮލަރެންސް” ދެއްވައިގެން ހުންނަވަނިކޮށް މިހާރު ދިމާވީ އަދި އެއަށްވުރެ މާބޮޑު ކަމެކެވެ. ރާއްޖޭގެ ރަށެއްގައި ކުޑަ ކުއްޖަކަށް ބޮޑެތި ޖިންސީ އަނިޔާތަކެއް ލިބުނީއެވެ. މުޅި ޤައުމު އެކަމާއި ނުރުހުން ފާޅުކޮށް ސަރުކާރު ޒިންމާ އަދާ ކުރަން ގޮވަމުން އެބަގެންދެއެވެ. އެކަންތައް މީޑިއާތަކަށް ތިލަވިތާ ހަފްތާއެއް ވާން ކައިރި ވީއިރުވެސް އަދި ރައީސް ސޯލިހް އާންމު ތަނެއްގައި އެކަމުގެ ވާހަކައެއް ނުދައްކަވައެވެ. އެންމެ ކުޑަމިނުން ޓުވީޓެއްވެސް ކޮށްނުލައްވައެވެ. ރައީސް އަކީ މިއަށްވުރެ މާ އާދައިގެ ކަންކަމުގައި ވެސް ޓުވީޓު ކުރައްވާ ބޭފުޅެކެވެ. ނަމަވެސް މިފަހަރު ރައީސްއަށް ޓުވިޓަރ ބޭނުން ކުރައްވަން ނޭނގުނީކަހަލައެވެ. ކޮންމެއަކަސް، ރައީސްގެ އެއްވެސް ހަބަރެއް ނުވާތާ 4 ދުވަސް ފަހުން ރައީސް އޮފީހުން ވަނީ އެމަނިކުފާނު، ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ ފަރާތްތަކަށް ދެއްވާނީ “ޒީރޯ ޓޮލަރެންސް” ކަމަށް ކެބިނެޓު ބައްދަލުވުމެއްގައި ވިދާޅުވިކަމަށް ހާމަކޮށްފައެވެ.

އަނެއްކާވެސް ކަމަކަށް ޒީރޯ ޓޮލަރެންސް ދެއްވާ ވާހަކައެވެ. ކޮރަޕްޝަނަށް ދެއްވި ޒީރޯ ޓޮލަރެންސުން ކަންތައް ވީގޮތް މިއޮތީ ފެންނާށެވެ. ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ ފަރާތްތަކަށް ދެއްވާނީ ޒީރޯ ޓޮލަރެންސް އޭ ރައީސް ވިދާޅުވިއިރު، ވެރިކަމާއި ހަވާލުވެވަޑައިގެން 20 ދުވަސް ނުވެ، ކުޑަ ކުއްޖަކާއި އެކު ބަދު އަހުލާޤީ ގުޅުން ހިންގުމުގެ ކުށުގައި ޖަލަށް ލާފައި ހުރި އިބްރާހިމް ރަޝީދު (ހޯރަ އިއްބެ) މިނިވަން ކުރިއެވެ. އެކަން ރައީސް ކުރެއްވީ ވެސް ވަރަށް މޮޅަށެވެ. ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ ކުށަކީ ރައީސަށް މާފު ދެވޭ ކުށެއްވެސް ނޫނެވެ. ނަމަވެސް ޤާނޫނުގައި ހުރި އުނިކަމެއްގެ ބޭނުން ނާޖާއިޒު ގޮތުގައި ކުރައްވައިގެން ހޯރަ އިއްބެ މިނިވަން ކުރެއްވީއެވެ. ހުކުމުގެ މުއްދަތުގައި 5 އަހަރު ބާކީ އޮތްވާ އެ ދުވަސްތަކުގެ ތެރެއިން 3 ދުވަސް ފިޔަވާ ހުރިހާ ދުވަހެއް މާފު ވާގޮތަށް ރައީސް ނިންމެވިއެވެ. 3 ދުވަސް ހަމަވުމުން ހޯރަ އިއްބެ މިނިވަންވިއެވެ.

މިހެން ކަމުން ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމާއި ގުޅިގެން ރައީސް ދެއްވާނީ ޒީރޯ ޓޮލަރެންސްއޭ ވިދާޅުވުމުން ހަގީގަތުގައި ބިރު ގަންނަން ޖެހެއެވެ. މާޒީ އަށް ބަލާއިރު ރައީސް ސޯލިހް “ޒީރޯ ޓޮލަރެންސް” މާނަ ކުރައްވާގޮތް މާ ބޮޑަށްވެސް ތަފާތެވެ.

ސުވާދީބު ވައިބަރ ކޮމިއުނިޓީ ގުރޫޕަށް ޖޮއިން ވުމަށް ދައުވަތު އަރުވަމެވެ  މިލިންކަށް  ކްލިކް ކޮއްލައްވާ އެންމް ފަހުގެ ހަބަރު ލިބި ވަޑައިގަންނަވާނެ. ވީހާވެސ ގިނަ ބޭފުޅުން ވައިބަރ ކޮމިއުނިޓީ ގުރޫޕަށް ޖޮއިންވުމަކީ  ސުވާދީބު ވެބްސައޓް ޓީމަށް ލިބިގެންދާނެ ވަރަށްވެސް ރަގަޅު ހިތްވަރެކެވެ. ކިއުންތެރިންގެ ފަރާތުން އެއްބާރުލުން ދެއްވުން އެދެމެވެ.

Facebook Comments

އާޓިކަލް ވީހާވެސް ގިނަ ބޭފުޅުން ޝެއަރ ކޮއްފަ ޑީޕީގެ ފޭސް ބުކު ޕޭޖައް ލައިކް ކޮއް ދެއްވުން އެދެމެވެ އަދި ވީހާވެސް ގިނަ ބޭފުޅުން ޑީޕީއަށް ލިއެފަ މި އީމެއިލްައަށް info@dhivehipost.com މެއިލް ފޮނުއްވާށެވެ. ތިޔަ ބޭފުޅުންގެ ލިއުންތަކައް ޑީޕީއިން މަރުހަބާ ކިޔަމެވެ.



ޚަބަރާއިގުޅޭ އިތުރު ލިޔުންތައް

ރައްޔިތުން ބާރުވެރި ކުރުމަށް ގެންނަންވީ ބަދަލުތައް

ސުވާދީބު

ނާސްތާ ދިނުމާ މެދު ތަފާތު ހިޔާލުތަކެއް!

ސުވާދީބު

ސަރުކާރުގެ ހިލޭ ޑިގްރީ: ދަރިވަރުން “ގަނަތެޅުވުން” ނޫން ކޮން ކަމެއް؟

ސުވާދީބު